އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ޕްރައިމަރީގައި ވޯޓުލުމަށް ރަށްތަކުގައި ބަހައްޓާފައިހުރި ވޯޓުފޮށިތައް ފަޅާލައި ހަމަނުޖެހުން ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު އެއީ ގދ. ރަތަފަންދޫއިން ހައްޔަރުކުރި ދެ މީހުންނާއި ގދ. ތިނަދޫއިން ހައްޔަރުކުރި މީހެކެވެ.
އަދި މާލެ އިސްކަންދަރު ސުކޫލުގައި ބެހެއްޓި ޅ. ހިންނަވަރު ދާއިރާގެ ވޯޓުފޮށީގެ ކައިރީގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ދެ މީހުން ހައްޔަރުކުރި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި އެންމެންވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ވޯޓުލާ މަރުކަޒުތަކުގެ މަސްލަހަތު ނަގާލައިގެން ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވީ ނަމަވެސް ވޯޓު ގަޑުބަޑުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތްކުރި އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ޕާޓީން ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީގެ އިންތިހާބާއި ބެހޭ ކޮމެޓީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް