މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ތ. ދިޔަމިގިލީ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޓްވިޓާގައި ކުއްޖާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ތ. ދިޔަމިގިލީ، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒު ކަމަށެވެ.
އަދި އޭނާ ގެއްލިގެން އުޅެނީ މާލެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެންމެ ފަހުން އާއިލާއަށް އެ ކުއްޖާގެ ހަބަރެއް ވީ މިމަހުގެ25 ވަނަ ދުވަހުހަވީރު5:00 ހާއިރު ކަމަށެވެ.
އެގަޑީގައި ބޭރަށް ދިޔަ ގޮތަށް އޭނާ ގެއަށް ގޮސްފައި ނުވާ ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ26 ވަނަ ދުވަހުގެ އިރުއޮއްސި6:17 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް