މި އަހަރުގެ ފެބުރުވަރީ މަހުގެ ހަ ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.
ފެބްރުއަރީ ހަ ވަނަ ދުވަހަކީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހެވެ. އެ ދުވަހުގެ ތާވަލުގައި އޮންނާނީ ރިޔާސީ ބަޔާން އެކަންޏެވެ.
މިހާރު ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ މިދިޔަ އަހަރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް