އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލައިސަންސް ދޫކުރުން ވަގުތީގޮތުނ...

29 Jan 2023 | 11:32

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތެއް ކުރުމަށް ކަމަށެވެ.

އަދި ޚިދުމަތް މެދުކަނޑާލާފައިވަނީ މިއަދުން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޓްރާންސްޕޯޓުން ހާމަކުރެއެވެ.

މިގޮތުން ހިދުމަތް މެދުކަނޑާލާފައި ވަނީ އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ލައިސެންސް ދޫކުރުމުގެ ހިދުމަތް މެދު ކަނޑާލާފައި ވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް