ދިއްދޫގައި އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ހއ. ދިއްދޫގައި އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތްކުރުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތަ...

29 Jan 2023 | 11:01

ހއ. ދިއްދޫގައި އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތްކުރުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

އަދި މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 240,000 ރުފިޔާ ހުށަހަޅަން ޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގައި ބިޑް ސެކިޔުރިޓީ ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް