ތ. ދިޔަމިގިލީ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ގެއްލިގެން ހޯދަމުން ދަނީ އެ ރަށު އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒު ކަމަށެވެ. އޭނާ ގެއްލިގެން އުޅެނީ މާލެއިންނެވެ.
ފުލުހުން ބުނީ އެންމެ ފަހުން އާއިލާއަށް އެ ކުއްޖާގެ ހަބަރެއް ވީ މިމަހުގެ 25 ވަނަ ދުވަހުހަވީރު 5:00 ހާއިރު ކަމަށެވެ. އެގަޑީގައި ބޭރަށް ދިޔަ ގޮތަށް އޭނާ ގެއަށް ގޮސްފައި ނުވާ ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 26 ވަނަ ދުވަހުގެ އިރުއޮއްސި 6:17 ހާއިރު އެވެ.
ޒީކް މާލޭގައި ދިރިއުޅެނީ ގ. ތޯނީއައްސޭރި ގޭގައި ކަމާއި، ގެއްލުނީ އެގެއިން ނުކުމެގެން ދިޔަ ގޮތަށް ކަމަށް ބުނެ އެވެ. އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އެ ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް