އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސަށް އެރުވުން އަންނަ މަހު

އެމްޑިޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ބުނެފި އެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ 61 ޕަސެންޓު ވޯޓުން ރިޔާސީ ޓިކެޓު ...

29 Jan 2023 | 10:42

އެމްޑިޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ 61 ޕަސެންޓު ވޯޓުން ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައި އެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ.

އިންތިހާބަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށެވެ.

އެ އަށް ފަހު، އަންނަ މަހުގެ މެދުތެރޭގެ ހިސާބުގައި ރައީސަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ. އެކަމަކު އެ ރަސްމިއްޔާތު ބާއްވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 24،572 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

މި އިންތިހާބުގެ ވަގުތީ ދާއިމީ ނަތީޖާ އިއުލާނުކޮށް ޓިކެޓު ހަވާލު ކުރަން ނިންމި އިރު ރައީސް ނަޝީދު ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް