ބޮލީވުޑްގެ އައިޓަމް ގާލް ރާކީ ސާވަންތުގެ މަންމަ ޖަޔާ މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. ރާކީ މީގެ ކުރިން ބުނެފައިވަނީ މަންމަ ފަރުވާ ހޯދަމުން ދަނީ ބްރެއިން ޓިއުމަރަކާއި ކެންސަރަށް ކަމަށެވެ.
މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު ދޭތެރެ ދޭތެރެއިން މަންމައަށް އަޅަމުންދާ ވޭންތައް އިހުސާސް ކުރެވޭކަން އަންގައިދިނުމުގެ ގޮތުން މަންމަ ކައިރީގައި ރޯން އިންނަ ވީޑިއޯ ރާކީ އާންމު ކުރެ އެވެ. އަދި މަންމަގެ ހާލު ރަނގަޅު ދުވަސްތަކުގައި މަންމަ އާއި އެކު އުފާވެރި ވަގުތުތަކެއް ހޮސްޕިޓަލުގައި ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމު ކުރެ އެވެ.
https://www.instagram.com/p/Cn-CbaFM9r_/
ރާކީގެ މަންމަ މަރުވިކަން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައި އެވެ.
އެ ހަބަރާއި އެކު އޭނާގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ ފަންނާނުން ދަނީ ތައުޒިޔާ ކިޔަމުންނެވެ. ރާކީއަށް ތައުޒިޔާ ކީ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ސަލްމާން ހާނާއި ޖެކީ ޝްރޮފް ހިމެނެ އެވެ.
އަދި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަލީ ގޯނީ އާއި ރަޝާމީ ދަސައި ތައުޒިޔާ ކިޔައި މެސެޖުކޮށްފައިވެ އެވެ.
ބޮލީވުޑްގެ އައިޓަމް ގާލްއެއްގެ އިތުރުން ރާކީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ބިގް ބޮސް14" ގައި ބައިވެރިވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް