މިއީ އެމްޑީޕީ އެކުގައި މަސައްކަތް ފަށަންވީ ވަގުތު: ރައީސް ސޯލިހް

މިއީ މުޅި ޕާޓީ އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގ...

29 Jan 2023 | 07:13

މިއީ މުޅި ޕާޓީ އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެންބަރުން އެމަނިކުފާނަށް ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.

"މިއީ ޕާޓީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު. އެމްޑީޕީ ކުރިއަށް!" ރައީށް ސޯލިހް ވިދާޅުވެފައިވެއެވެ.

އިއްޔެ ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް