އަލީ ސޯލިހު، ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކޮށްފި

އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ. އޭނާގެ މަގާމު ބަދަލު ކުރެއްވީ މިދި...

29 Jan 2023 | 05:53

އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

އޭނާގެ މަގާމު ބަދަލު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރި ފަހުން މިނިސްޓްރީ ބަދަލު ކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އަލީ ސޯލިހު ހުންނެވީ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

އެންވަޔަރަމެންޓު މިނިސްޓްރީއަށް ބަދަލު ކުރެއްވީ ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމުމުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި އަލީ ސޯލިހާ ހަވާލު ކުރާނެ އެއް މަސައްކަތަކީ ޕަބްލިކް ރިލޭޝަންގެ ބައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާތަނަށް ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ. އަލީ ސޯލިހާއެކު އެ މަގާމުގައި މިހާރު ދެ ބޭފުޅަކު ތިއްބަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް