ކުރީގައި ހުރެ ލީޑު ކުުރެވޭނީ ލީޑަރެއްގެ ފަހަތުގައި ލީޑް ކުރަން އެނގޭ މީހަކަށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
އިމްރާންގެ މި ވާހަކައަކީ އިއްޔެ ބެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅުވައިގެން ކުރެއްވި ޓުވީޓެއް ކަމަށް ބެލެވެ އެވެ. އިއްޔެވެސް އޭނާ ވަނީ އެ އިންތިހާބާއި ގުޅުވައި ޓުވީޓެއް ކުރައްވާފައި އެވެ.
އިމްރާން މީގެ ކުރިން ކުރެއްވި ޓުވީޓުތަކުން އެނގޭގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
https://twitter.com/ShimranAb/status/1619555951069241344
މި އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކަށަވަރު ކުރެއްވީ62 ޕަސެންޓު ވޯޓުންނެވެ އެމަނިކުފާނާއި ވާދަ ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝދު ވަނީ ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް