މީގެ ދެ ދުވަސް ކުރިން އިންޑިއާ މީޑިއާގައި އާންމު ކުރި ވީޑިއޯ އެއްގައި ފެންނަނީ ބޮލީވުޑްގެ ބަތަލް ރަންބީރު ކަޕޫރު މީހެއްގެ ފޯނު އެއްލާލާތަނެވެ.
އޭނާ ހިނގާފައި ދަނިކޮށް ސަޕޯޓަރުންތަކެއް އެއްވެ ފޮޓޯނަގަން އެދޭތަން އެ ވީޑިއޯގައި ފެނެ އެވެ. އެތަނުން ފިރިނަކު ސެލްފީއެއް ނަގަން ރަންބީރު ކައިރީ އެދުމުން، އެމީހާ އާއި ކައިރިވެލަ އެވެ.
ދެ ފަހަރަކު ކެމެރާ ސެޓު ކުރުމުންވެސް ނެގޭގޮތް ނުވުމުން ތިން ވަނަ ފަހަރުވެސް އެހެން ވުމުން އެމީހާ އަނެއްކާވެސް ތައްޔާރުވެލަން އުޅެނިކޮށް ފެންނަނީ ކުއްލިއަކަށް ރަންބީރު، ފޯނު އަތުލުމަށް ފަހު ކޮނޑުމަތިން ފަހަތަށް އެއްލާލާތަނެވެ. ހައިރާންވެ އެ ފިރިހެން މީހާ ބަލާލާއިރު ފަހަތުގައި ހުންނަ އަންހެނަކުވެސް ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައި އެވެ.
މި ވީޑިއޯ އާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ރަންބީރަށް އަމާޒުވި އެވެ. ފާޑުކީ މީހުން ބުނީ ކޮންމެ މީހަކީ ރަންބީރުހާ މުއްސަނދި މީހަކަށް ނުވާނެ ކަމަށާއި އެމީހާ އަކީ ސްމާޓް ފޯނެއް ގަނެވޭ ފެންވަރު ނެތް މީހަކަށްވެސް ވެދާނެ ކަމަށެވެ.
އަދި މުއާމަލާތް ކުރުމާއި މީހުންނަށް އަދަބު އިހުތިރާމް ކުރަން އާލިއާ ބަޓް، ފިރިމީހާއަށް ދަސްކޮށްދޭން ޖެހޭ ކަމަށް ބުންޏެވެ.
https://www.youtube.com/watch?v=f91lS6mT96Y
އޭގެ ފަހުން އިއްޔެ ވަނީ އެ ވީޑިއޯގެ ހަގީގަތް ހާމަކޮށްފައި އެވެ. ރަންބީރުގެ އެ ވީޑިއޯގެ ހަގީގަތަކީ އެއީ އިޝްތިހާރެއްގެ ތަންކޮޅެވެ. އިޝްތިހާރުން ބުނެދޭން މަސައްކަތް ކުރަނީ އޮޕޯ ފޯނަކީ ސެލްފީ ނެގުމަށް އެންމެ ކަމުދާ ފޯނު ކަމެވެ.
ފަހުން އާންމު ކުރި ވީޑިއޯގައި ސަޕޯޓަރުގެ ފޯނު އެއްލާލުމަށް ފަހު އެނބުރި ޖެހިގެން ހުންނަ މީހާގެ ދަބަބުން ނަގައި އެ ފިރިހެން މީހާގެ އަތަށް ރަންބީރު ދެނީ އޮޕޯ ބްރޭންޑުގެ އާ ފޯޯނެކެވެ.
https://twitter.com/shubhankrmishra/status/1619280331995234304
ރަންބީރުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މިއަހަރު އޭނާގެ ދެ ފިލްމެއް ރިލީޒް ވާނެ އެވެ. އެއީ ފިލްމު "އެނިމަލް" އާއި "ތޫ ޖޫތީ މެއިން މައްކާރް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް