ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން (އެންބީއޭ) ގެ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއަރމަން އަދި ވައިސް ޗެއަރމަންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި އަހަރީ ފުރަތަމަ ބައްދަލުވުމުގައި އެންބީއޭ ގެ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއަރމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސްގެ ސީއީއޯ ޔޫސުފް ރިއްފަތުއެވެ. ވައިސް ޗެއަރމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއީލް ޝަރީފެވެ.
ބޯޓިންގ އެސޯސިއޭޝަނުގެ މައިގަނޑު މަސައްކަތްތައް ބަހާލާފައިވަނީ އިދާރީ، ތަރައްގީ އަދި ރެގިއުލޭޓަރީ ކަންކަން ކުރިއަށް ގެންދަން ޑިވެލޮޕްމެންޓް ކޮމިޓީ އާއި މާކެޓިންގ، ޕްރޮމޯޝަން އަދި ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން މާކެޓިންގ ކޮމިޓީއެވެ.
ޑިވެލޮޕްމެންޓް ކޮމިޓީގެ މިހާރު އައްޔަން ކުރި މެންބަރިންގެ ތެރޭގައި ހިމެނެނީ ޗެއަރމަން ރިއްފަތާއި ވައިސް ޗެއަރމަން ޝަރީފް އަދި ހުސައިން އަމާނާއި، މުހައްމަދު ވާފިރާއި، އަހްމަދު އާސިފާއި، އަބޫބަކުރު މުހައްމަދު އަދި އާމިރު މަންސޫރެވެ.
މާކެޓިންގ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ކޮމިޓީގެ ޗެއަރޕަރސަން އަހްމަދު އަފްރާހާއި ވައިސް ޗެއަރޕަރސަން ޝާމް މުހައްމަދު، އަހްމަދު ރިޔާޒާއި، މަރިޔަމް މާއިޝާ އާއި، އާމިނަތު ސަލާހާއި ހުސައިން ހައްސާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް