ލަސް، ފަސް ވެއްޖޭ ކިޔަން ލަދުގަންނަންޖެހޭ، ރައީސް ސޯލިހަށް އަދި ލިބުނީ އެންމެ އަހަރެއް: ގާސިމް

ކޮވިޑު-19 ގެ ބަލިމަޑުކަމާއި ހެދި ގޮންޖެހުންތައް ކުރިމަތިވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެރިކަން ކުރަން ލިބިވަޑައިގެންނެވީ އެންމެ އަހަރެއްހާ ދުވަސް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމ...

29 Jan 2022 | 15:46

ކޮވިޑު-19 ގެ ބަލިމަޑުކަމާއި ހެދި ގޮންޖެހުންތައް ކުރިމަތިވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެރިކަން ކުރަން ލިބިވަޑައިގެންނެވީ އެންމެ އަހަރެއްހާ ދުވަސް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ޤާސިމް މިހެން ވިދާޅުވީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނުގެ ހަރަކާތުގެ ތެރެއިން މިއަދު ހަވީރު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެެރިކަން ކުރަން ލިބިވަޑައިގަތީ އެންމެ އަހަރެއް ކަމުގައެވެ.

އަދި މިވީ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ގިނަ ޕްެރޮޖެކްޓްތަކެއް ސަރުކާރުން ހިންގާފައިވާ ކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ކޮވިޑާއި ހެދި ދަތުރުފަތުރު ނުކުރެވޭތާ ގެއިން ބޭރަށް ވެސް ނުނިކުމެވޭ ކަމުގައި ޤާސިމް ވިދާޅުވިއެވެ.

އަހަރެމެން އަމިއްލައަށް ގޭގައި ތަޅުލެވިގެން ތިބީ ކަމުގައި ވިދާޅުވެ މިހާލަތުގައި  ކަންތައްކުރަނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މިގޮތުން ވެރިކަން ކުރަން ލިބުނީ އެންމެ އަހަރެއް ކަމަށާއި، މި ނިކަމެތި ކަމުގެ ތެރޭގައިވެސް މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ކިތައް ޕްރޮޖެކްޓްތައް ހިންގަމުންދޭތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

އެހެންކަމުން ދެން ލަސްވެއްޖެއޭ ފަސްވެއްޖެއޭ ރައީސް ޞާލިޙްގެ ސަރުކާރަށް ކަމެއް ނުކުރެވެއޭ ކިޔައިގެން ވާހަަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމުގައި ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް