މިހާރަކަށް އައިސް ސިހުރު ހެދުމަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢު ގައިވެސް ވަރަށް އާންމުވެފައިވާ ކަމެކެވެ. މި ވަބާގައި ޖެހޭ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ރައްރަށުގައި މި ވަބާގައި ޖެހި ސަލާމަތް ނުވެވިފައި ތިބި އެތަކެއް ބަޔަކު އެބަތިއްބެއެވެ. މިއީ ނުރައްކާތެރި އަދި އެހާމެ ވޭންހުރި ކަމެކެވެ. ވީމާ މިކަމުން ސަލާމަތް ވެ ތިބުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭން އެބަ ޖެހެއެވެ.
މިހާރަކަށް އައިސް ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފޮޓޯތައް ލުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް މީހުން ދަރިފުޅުގެ ފޮޓޯއެވެ. އަނެއްބައި މީހުން އެމީހުންގެ އަމިއްލަ ފޮޓޯތަކެވެ. ޚާއްސަކޮށް ޒުވާން އަންހެންކުދިން އެމީހުންގެ ރީތިކަން އެހެން މީހުންނަށް ދެއްކުމަށް މޭކަޕްކޮށްގެން ސޯޝަލް މީޑިއާއަށް ފޮޓޯ ލާ އުޅެއެވެ. މިއީ ނުރައްކާތެރި ކަމެކެވެ. ބިރުހުރި ކަމެކެވެ. ނޭންގޭ ހެއްޔެވެ.؟
މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކު ވަނީ މިކަމުގެ ހުރި ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަކޮށްދީފައެވެ. މެންކް ވިދާޅުވާ ގޮތުގައި މިފަދަ ފޮޓޯތައް ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ލާ މީހުން އެދެނީީ ސިހުރު ހަދާ މީހުންނާއި ހަސަވެރި ލޯތަކަށްް ނުބައި ދަޢުވަތެކެވެ. މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.
އަމިއްލަ ނަފްސާއި، ދަރިންނާއި، ކާއެއްޗެހީގެ އިތުރުން ޒިޔާރަތްކުރާ ތަންތަނާއި، ތިމާ ގަންނަ ތަކެތި ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރުމުގެ ކުރިން ވިސްނާލަން ޖެހެއެވެ. ތިމާ އަޕްލޯޑު ކޮށްލާ އެއްނެމް ފޮޓޯއަކުންވެސް ތިމާގެ ހަލާކާއި ކުރިމަތިވެދާނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
މެންކް ވިދާޅުވީ ތިމާ ކުރާ ކޮންމެ ކަމެއް ނުވަތަ ތިމާ ފެންވަރާ ރީތިވެ ނަލަހެދޭ ކޮންމެ ފަހަރަކު ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށް ލުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށާއި އެކަން މުޅި ދުނިޔެއަށް އިސްތިހާރުކުރުމަކީ އެހެން ނުބައި އެދުންވެރި ހަސަދަވެރި ލޯތަކަށް ދޭ ދަޢުވަތެކެވެ.
"ކޮންމެ މީހަކަށް ރީތި ސިފައެއް ލިބިފައެއް ނުވާނެ. އެހެން ވީމާ ތިބާގެ ރީތިކަން ފެނުމުން އަޅައިގަނެެ، އެކަމާއި ހަސަދަލާ މީހުން ގިނަވާނެ. އެފަދަ މީހުންގެ ސަބަބުން ތިމާއަށް އަށް އެސްފީނާ، ހަސަދައިގެ ބިރުވެރިކަމާއި ކުރިމަތި ލުމުގެ ފުރުސަތު ބޮޑު. ނުބައި ލޮލެއް ދިބާއާއި އަމާޒުވެއްޖެ ނަމަ އެހިސާބުން ދެން ވާނީ ނުރައްކާ. " މެންކް ވިދާޅުވިއެވެ.
މީގެ އިތުރުން މެންކް ވިދާޅުވީ އެންމެ ބިރުވެރި ކަމަކަށް ވެފައި އޮންނަނީ ފޮޓޯ ބޭނުން ކޮށްގެންވެސް މި ފަހަކަށް އަައިސް ސިހުރުވެރިން ސިހުރު ހަދަމުން ދާކަމެކެވެ. މިއީ ވަރަށް ބޮޑަށް ވިސްނާ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ޥައިޚް ވިދާޅުވިއެވެ. އެހެން ކަމުން ސޯޝަލް މީޑިއާއަށް ތިބާގެ ނުވަތަ ތިބާގެ އާއިލާ މެމްވަރެއްގެ ފޮޓޯތައް އަޕްލޯޑް ކޮށް ނުހެދުމަށް މެންކް ވަނީ ނަދޭހަތްތެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް