މާލެ އަތޮޅު މާފުށި ޖަލުގައި ކޮވިޑު ހާލަތު އަނެއްކާ ވެސް ގޯސްވެ، ކޮވިޑު ކޭސްތައް އިތުރުވާން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޢާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، 153 ގައިދިއަކަށާއި 15 އޮފިސަރަކަށް ވަނީ ކޮވިޑު ޖެހިފައެވެ.
ކަރަންޓީނުގައި82 ގައިދީން ތިބިއިރު، ތިން އޮފިސަރުން ވެސް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ބަލިން ފަސޭހަވި އަދަދުތަކަށް ބަލާއިރު،114 ގައިދީންނާއި16 އޮފިސަރަކު ވަނީ ފާއިތުވެދިޔަ24 ގަޑިއިރުގެ ތެރޭގައި އެބަލިން ރަނގަޅުވެފައެވެ.
މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތަސް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު މާފުށީ ޖަލުން ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުންނާއި ހަތަރު ގައިދީންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ވަނީ ކޯވިޑް ފެތުރޭތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައެއް ޤައިދީން ގެއަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް