ޕާކިސްތާނުގެ ޕަންޖާބް ސްޓޭޓަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކު ޕަބްޖީގެ އަވައިގާޖެހި އައިލާގެ ހުރިހާ މެންބަރުންގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މި ކުއްޖާއަކީ ޕަބްޖީ ގޭމަށް ދެވިހިފާފައިވާ ކުއްޖެކެވެ.
ކުއްޖާ މަރާލާފައިވަނީ، ހެލްތުވޯކަރަކަށް މަސައްކަތްކުރާ 45 އަހަރުގެ މަންމަ އާއި 22 އަހަރުގެ ބޭބެއާއި 17 އަހަރުގެ އަންހެން ދައްތަ އާއި އަންހެން ކޮއްކޮއެވެ.
އެގަމުގެ ސަރުކާރާހަވާލާދީ ނޫސްތަކުން ބުނާގޮތުގައި މި ކުއްޖާ ދުވާލުގެ ގިނަވަގުތު ހޭދަކުރަނީ މިކަހަލަ އޮންލައިންގޭމްތައް ކުޅެން ކަމަށް ވާތީ ސިއްހީގޮތުން ކުއްޖާއަށް ވަރަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ.
މަރާލާފައިވަނީ ކުއްޖާގެ މަންމަގެ އާއިލާގެ ރައްކާތެރިކަމަށްޓަކައި ހާއްސަހުއްދައެއްގެ ދަށުން ދޫކޮށްފައިވާ ފިސްތޯލް ބަޑިއަކުން، އެންމެން ނިދާފައި ތިއްބައިކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. އަދި ފުލުހުން އައިސް ސުވާލުކުރުމުން އެކަން ކުރީކާކުކަން ނޭނގޭ ކަމަށް ކުއްޖާބުނިކަމަށް ފުލުހުންބުނެއެވެ.
ފުލުހުން ބުނީ ކުއްޖާގެ މައްޗަށް މިކަން ސާބިތުވެފައި ވަނީ ކުއްޖާގެ އަންނައުނުން ލޭ ފެނި އިތުރަށް ތަހުގީގު ކުރުމުން ކަމަށެވެ.
ޕަބްޖީފަދަ އޮންލައިން ގޭމް ތަކުގެ ސަބަބުން މިފަހުން ވަރަށް ނޭދެވޭ މިފަދަ ހާދިސާތަށް ދަނީ ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް