އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފިއެވެ. އެ ހޮސްޕިޓަލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިގޮތށް ނިންމީ ރާއްޖޭގައި މިވަގުތު ހަލު...

29 Jan 2022 | 13:29

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިގޮތށް ނިންމީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށެވެ.

އެގޮތުން 30 ޖެނުއަރީން ފެށިގެން އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީން ލޭނެގުމުގެ ޚިދުމަތް ދެމުންގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށެވެ. އަދި ނަންމަބަރު ދޫކުރެވޭނީ ދުވާލަކަށް އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ވަޑައިގެން 100 ނަންބަރު ކަމަށެވެ.

https://twitter.com/igmhmv/status/1487356357577568256

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް