ކޮވިޑާއި ގުޅިގެން ބަންދުކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ ސްކޫލުތައް ހުޅުވާ ތާރީޚު ތިންވަނަ ފަހަރަަށް އިތުރުކޮށްފި

ކޮވިޑާއި ގުޅިގެން ބަންދުކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ ސްކޫލުތައް ހުޅުވާ ތާރީޚު ތިންވަނަ ފަހަރަަށް އިތުރުކޮށްފިިއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ސްކޫލުތަކުގެ ކިޔެވުން ފެށުމަށް ކުރިން ނިންމާފ...

29 Jan 2022 | 13:09

ކޮވިޑާއި ގުޅިގެން ބަންދުކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ ސްކޫލުތައް ހުޅުވާ ތާރީޚު ތިންވަނަ ފަހަރަަށް އިތުރުކޮށްފިިއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ސްކޫލުތަކުގެ ކިޔެވުން ފެށުމަށް ކުރިން ނިންމާފައިވަނީ މާދަމާ ނަމަވެސް ކޮވިޑުގެ ހާލަތު އެ ސްޓޭޓުގައި އަދިވެސް އޮތީ ވަަރަށް ނާޒުކުކޮށް ކަމަށެވެ. އެހެންވެ، ސަރުކާރުން ނިންމީ ސްކޫލުތައް ނުހުޅުވަން ކަމަށެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މީގެކުރިން ވެސް ވަނީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ސްކޫލުތައް ބަންދުކޮށްފައެވެ.

އެ ގައުމުގައި ވެސް އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާ ބޮޑުވެފައިވާ އިރު، ޚާއްސަ ގޮތެއްގައި ފަގީރު ހިސާބުތަކުގައި މި ބަލީގައި ބޮޑުވަރުވެ، ދުނިޔެ ދޫކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.

އެކަމަކު އޮންލައިންކޮށް ކިޔަވާ ދަރިވަރުންގެ ކްލާސްތައް ކުރިއަށްދާނެ ކަމަށެވެ.

ފާއިތުވެ ދިޔަ 24 ގަޑި އިރު ތެރޭގައި އެކަނި ވެސް އުއްތަރު ޕްރަދޭޝް ގައި ކޮވިޑުގެ 3000 ކޭސް އަލަށް ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް