ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނޫނީ އޮސްޓްރޭލިއާ އަށް ނޭރޭނެ ކަމަށް ކާންޔޭއަށް އަންގައިފި

ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައި ނޫނީ އޮސްޓްރޭލިއާ އަށް ނޭރޭނެ ކަމަށް އެމެރިކާގެ މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ ކާންޔޭ ވެސްޓް އަށް އަންގައިފިއެވެ. އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ނި...

29 Jan 2022 | 11:10

ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައި ނޫނީ އޮސްޓްރޭލިއާ އަށް ނޭރޭނެ ކަމަށް އެމެރިކާގެ މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ ކާންޔޭ ވެސްޓް އަށް އަންގައިފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ނިއުސް ކޮންފަރެންސެއްގައި މިއަދު ވިދާޅުވީ ވެކްސިންގެ ޑޯޒުތައް ފުރިހަަމަ ކުރުމުން ނޫނީ އެ ޤައުމުގައި ލަވަ ހުށަހެޅުމުގެ ފުރުސަތު ނުދޭނެ ކަމުގައެވެ. މޮރިސަން މިކަން ހާމަކޮށްފައި ވަނީ މާޗް މަހުގެ ތެރޭގައި ކާންޔޭ އޮސްޓްރޭލިއާ އަށް ދަތުރުކުރަން ހަމަޖެހިފައިވާކަން މީޑިއާގައި ހާމަކޮށްފައި ވަނިކޮށެވެ.

ދާދި ފަހުން އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ސާބިއާގެ މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ވެކްސިން ފުރިހަމަކޮށްފައި ނުވާތީވެ، މިދިޔަ ހަފްތާގައި އެ ޤައުމުން ޑީޕޯޓުކޮށްފައެވެ. އޮސްޓްރޭލިއާއަކީ ވެކްސިން ވަރަށް ބޮޑަށް ބަލައިގަންނަ، އަދި އާއްމު އާބާދީއަށް ވެކްސިން ދިނުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް