ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ހުރިހާ ފޮށިތަކެއްގެ ޖުމްލަ ނަތީޖާ މާލޭގައި އިއުލާންކުރާ ގޮތަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ.
އިލެކްޝަނުނެ ވިދާޅުވި މިގޮތަށް މިކަން ނިންމެވި ނަމަވެސް ރަށްތަކުގައިލާ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ ވޯޓުލާ ރަށެއްގައިކަމަށެވެ.
ކޮމިޝަނުން ވިދާޅުވީ މިނިންމެވުން ނިންމެވީ މިދުވަސް ވަރަކީ ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، އިލެކްޝަންނުން އިންތިޚާބަށް ނަގާފައިވާ އޮފިޝަލުންނާއި، މެމްބަރުން ޕޮޒިޓިވްވެއްޖެނަމަ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށްބަލައި، މާލޭގައި ޖުމްލަ ނަތީޖާ އިއުލާން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެނަނާތީ ކަމަށެވެ. އަދި ހަމަ އެއާއެކު މިކަހަލަ ގިނަކަންކަމަށް ބެލުމަށް ފަހުގައިކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގައި އެންމެ ގިނަ އަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ސަރަހައްދަކީވެސް މާލެ ކަމަށް އިލެކްޝަނުން ހާމަކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓާއެކު، ވޯޓު ލެވޭނެ ފޮށިތައް އެނގޭނެހެން އާންމުކުރި ލިސްޓުގައި މާލެ ސަރަހައްދުގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދަށް ފޮއްޓެއް އިތުރުވެފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ ނިސްބަތަށް ބެލުމަށް ފަހުއެވެ. ހޮނިހިރި ދުވަހުގައި އޮންނަ މިއިންތިޚާބުގައި ޖުމްލަ 7 ފޮށި ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް