މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ދިޔާ ކޮކެއިން އަޅައިގެން ކޮލަމްބިއާއިން ބޭރުކުރަން އުޅުނު 20 ހާސް ކާށި އަތުލައިގެންފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި 20 ހާސް ކާށި އަތުލައިގަތީ ކޮލަމްބިއާގެ ޕޯޓް އޮފް ކާޓެގޭނާއިންނެވެ. 20 ހާސް ކާށި ހުރީ 500 ބަސްތާގައި ބަންދުކޮށްފައެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގައެވެ.
މި 20 ހާސް ކާށީ ހުރީ ކޮންޓޭނާއަކަށް ބަރުކޮށް ބޯޓަކަށް އަރުވަން ތައްޔާރުކޮށްފައިކަމަށާއި މިއީ އިޓަލީއަށް ފޮނުވަން އުޅުނު ކޮންޓޭނާއެއް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް