ހުޅުމާލޭ ފޭސް2ގެ ފުލެޓުތައް ހިމެނޭހިސާބުގައި އެއްކޮށްފައިހުރި ކުނިތަކެއްގައި އަލީފާނުގެ ހާދިސާއެއް ހިނގައިފައިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ޓަވަރ 13 އަދި ޓަވަރ 14 ދެމެދުގައި ހުރި ކުނި ތެކެއްގައިކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
މި ހާދިސާގެ މައުލޫމާތު އެންމެންޑީއެފަށް ލިބިފައި ވަނީ މިއަދު މެންދުރު 2:15 ހާއިރިކަމަށް އެންއެންޑީއެފުން ބުނެއެވެ.
މި އަލިފާން މެންދުރު 3:00 ހާއިރު ނިއްވާލާފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިފަހަކަށް އައިސް ފޭސް2 ކައިރީގައި އެއްކޮށްފައި ހުންނަ ކުނިފުނި ތަކުގައި ވަރަށް ގިންއައިން އަލިފާނުގެ ހާދިސާ ހިނގާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް