ފިރިހެނުންނަށް ދިމާވާ ޖިންސީ ބަލިކަށިކަމުގެ ވާހަކައަކީ އާ ވާހަތަކެއް ނޫންނެވެ. އަބަދުވެސް އަޑުއިވޭ އަދި އިވިއިވި ހުންނަ ވާހަކަ ތަކެކެވެ. ނަމަވެސް މިކަން ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ވާހަކަ ދެއްކެނީ ވަރަށް މަދުންނެވެ. އެއީ އެކަން މެދުވެރިވާ ސަބަބުތައް ގިނަ ބަޔަކަށް ނޭންގެނީ ކަމަށްވެސް ވެދާނެއެވެ. ފިރިހެނުން ޖިންސީ ބަލިކަށިކަމާއި ކުރިމަތިލާން ޖެހޭ ގިނަ ސަބަބުތަކެއް ހޯދިފައިވެއެވެ. އޭގެތެރެއިން އެއް ސަބަބެއް ކަމަށް ދިރާސާތަކުން ދައްކަނީ ހަމައަށް ނިދި ނުލިބުމުން ފިރިހެނުންނަށް ޖިންސީ ބަލިކަށިކަމާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
އިންޓަނޭޝަންލް ސްލީޕް ފައުންޑޭޝަން ފޯރ ހެލްތް ސައިންސް އިން އާންމު ކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ނިންޖަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޑެއިލީ ލައިފާއި ގުޅިފައިވާ މުހިންމު އެއްޗެކެވެ. އެގޮތުން ހަމައަށް މިދި މުލިބޭނަމަ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޑެއިލީ ލައިފަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެގޮތުން ވަރުބަލިކަން އިހުސާސް ކުރެވުމާއި ކަންނެތް ވުން މެދުވެރިވެއެވެ. މިކަމުގެ ސަބަބުން އިންސާނުނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުތަކެއް ކުރެއެވެ. އަދި ޚާއްސަކޮށް ފިރިހެނުންނަށް މިކަމުން ކުރާ އަސަރުތައް ބޮޑެވެ. އޭގެ ތެރޭގައި ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވުން ހިމެނޭ ކަމަށް މި ހޯދުންތަކުން ދައްކައެވެ.
އިންޓަނޭޝަންލް ސްލީޕް ފައުންޑޭޝަން ފޯރ ހެލްތް ސައިންސް އިން ހަމައަށް ނިދި ނުލިބޭޭ، އުމުރުން 30 އަހަރާއި 55 އަހަރާއި ދެމެދުގެ 5300 ފިރިހެނުން ބޭނުންކޮށްގެން ދިރާސާއެއް ހެދިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި މި ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން 80 އިންސައްތަ ފިރިހެނުންނަށް ޖިންސީ ބަލިކަށިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ދައްކާފައިވެއެވެ.
މީ ދިރާސާގައި ބައިވެރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޑެއިލީ ލައިފުގެ އެކި ކަންކަމުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ހަމައަށް ނިދި ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ޖިންސީ ބަލިކަށިކަން ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމުގައިވެސް ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ހަމައަށް ނިދިނުލިބޭ ނަމަ ފިކުރު ބޮޑުވެ ހާސްކަން އިތުރުވެ ސްޓްރެސް ވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޖިންސީ ގޮތުން މީހާ ބަލިކަށި ކޮށްލަނީއެވެ. އެހެން ކަމުން ކޮންމެ މީހަކަށް ވެސް ކިތެންމެ ބިޒީކޮށް އުޅެން ޖެހުނު ނަމަވެސް ރަނގަޅަށް ނިދި ހަމަކުރުމަކީ މުހިންމު ކަމެއް ކަމުގައި މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް