މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ ޒިންމާ ރައީސް ޔާމީން ކަނޑައިލެއްވީ ގާސިމްގެ ބޮލަށް!

ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، މަޖިލީސް އިންތިޚާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް...

29 Jan 2022 | 07:43

ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، މަޖިލީސް އިންތިޚާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، މޫސާ ފަތުހީގެ ކެމްޕޭނަށް ރޭ މާލޭގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅޫ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އަށް މެޖޯރިޓީ ގެއްލުނީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މަގުބޫލުކަން ބޮޑުވެެގެން ނޫން ކަމަށެވެ.

"ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހެދި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނީސް. ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައި، އެބަސްވުންތަކެއް ވެވިގެން ޖުމްހޫރީ ޕާޓީއަށް އެތައް ދާއިރާއެއްގެ ގޮނޑީތައް ދޫކޮށްލިން. ކޯލިޝަން ހެދި ނަމަވެސް ރައްޔިތުންގެ ވިސްނުން ވާ ތަނަވަސް. ޕީޕީއެމުން ގުޅާފައި ބުންޏަސް، ގިނަ މީހުން ޖުމްހޫރީ ޕާޓީ ހޮވަން އެއްބަހެއް ނުވޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެކަމުގެ ނަތީޖާއަކަށް ވީ އެމްޑީޕީއަށް ބޮޑު އަޣުބިއްޔަތެއް ލިބުން ކަމަށެވެ. އަދި އެމަނުފާނު ޕާޓީގެ ލީޑަރަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ބަސް ހިނގާ ކަމަށް ވަންޏާ އަދި ކޯލިޝަން ހަދަންޖެހޭ ހިސާބަކަށް ގޮސްގެން ކޯލިޝަން ހެދި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއެއް އިރާދަކުރެއްވިޔާ ދެނެއް އެހެން ބަޔަކަށް ދޫ ނުކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"އެއީ ސަތޭކައިން ސަތޭކަ ޕީޕީއެމްް މީހުން ތިބެންޖެހޭ ގޮނޑިތަކެއް. އަދި މިހާރު އެކަމަށް މަސައްކަތް ކޮށްގެން އެއްވެސް މީހަކަށް ބަދުނާމެއް ނުވަތަ ތުހުމަތެއް އައިސް، ވަޒީފާ ގެއްލިއްޖެ ނަމަ އެމީހުންނަށް ޕީޕީއެމްގެ ފަރާތުން ހިލޭ ލޯޔަރުންގެ އެހީތެރިކަން ދޭނެ. ޕީޕީއެމްގެ ސަރުކާރެއްގައި އެމީހަކަށް ރަނގަޅު ވަޒީފާ ދޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް