ރިސެސްއަށް ފަހު ސްޕްރީމްކޯޓުގައި މާދަމާ މައްސަލަތައް ބަލަން ފަށަނީ

ސްޕްރީމްކޯޓުގެ ރިސެސްއަށް ފަހު، އެ ކޯޓުގެ ޝަރީޢަތްތައް ފަށަން މާދަމާ ތާވަލުކޮށްފިއެވެ. ސްޕްރީމްކޯޓު ރިސެސް އަށް ގޮސްފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މާދަމާ ސްޕްރީމްކޯޓުގެ މަސައްކަ...

29 Jan 2022 | 07:24

ސްޕްރީމްކޯޓުގެ ރިސެސްއަށް ފަހު، އެ ކޯޓުގެ ޝަރީޢަތްތައް ފަށަން މާދަމާ ތާވަލުކޮށްފިއެވެ.

ސްޕްރީމްކޯޓު ރިސެސް އަށް ގޮސްފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މާދަމާ ސްޕްރީމްކޯޓުގެ މަސައްކަތްތައް ފަށައިގަންނައިރު ފުރަތަމަ ތާވަލު ކުރެވިފައި ވަނީ މުނީރުލް އިސްލާމްގެ މަރުގެ މައްސަލައެވެ.

އެގޮތުން މާދަމާ ކޯޓުގައި ތާވަލު ކުރެވިފައި ވަނީ ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށް ލައި، މަރުވި މީހާގެ ވަލީވެރީންނަށް މަރުގެ ދިޔަ ދޭން ހައިކޯޓުން ކޮށްފައިވާ ހުކުމާބެހޭ އިސްތިއުނާފުގެ މައްސަލައެވެ.

މިއީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގާފައިވާ ހާދިސާއެކެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް ހ. ޗާންދަނީމަގު 24 ނަންބަރު ގޭގެ ހަވަނަ ފަންގިފިލާގައި ހުންނަ އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލާއިފައިވާ މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީވެސް ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ ކަމްރުލް އިސްލާމް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް