މި ސަރުކާރުން ޖޭއެސްސީ އިސްލާހުނުކޮށް އުޅޭ ބޭނުމަކީ ރައީސް ޔާމީން ޖަލަށް ލުމަށް: ޑރ. ޖަމީލް

މި ސަރުކާރުން ޖޭއެސްސީ އިސްލާހުނުކޮށް އުޅޭ ބޭނުމަކީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއ...

29 Jan 2022 | 07:13

މި ސަރުކާރުން ޖޭއެސްސީ އިސްލާހުނުކޮށް އުޅޭ ބޭނުމަކީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރާ މޫސާ ފަތުހީއަށް ކެމްޕެއިން ކުރުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހުކުރާނެ ވާހަކަ ދެއްކުމަށް ފަހު ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމު ބަހަލައްޓާ ތަނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށެވެ. އަދި އެތަނުގައި ތިބީ ހުސް އެމްޑީޕީ މީހުން ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ އަދުލުގެ ނިޒާމުގައި މިހާރު މަދުވަނީ އެންމެ ކަމެއް ކަމަށާއި އެއީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި އެތަނުގެ ވެރިއަކަށް ރައީސް ނަޝީދު ބައްޕާފުޅު ކެރެފާ އަބްދުއްސައްތާރު ލުން ކަމަށެވެ.

"ހަގީގަތުގައި ރާއްޖޭގެ ޝަރުއީ ކޯޓުތައް އެނގޭތޯ؟ އަޅުގަނޑު ދެރަވޭ މިވާހަކަ ދައްކަން. ރަންމާރިއަށް، ރަންނަމާރިއަށް ނުހަންގަ ބިރު ދިވެހިރާއްޖޭގެ ކޯޓުތަކުން މިއަދު ގަނޭ އެމްޑީޕީ ދެކެ" ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް