ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް މާދަމާ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތު ގެ މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާދަމާ ބާއްވަވާ ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ޘަގާފަތާއި ތަރިކަ އިތުރަށް ހިމާޔަތްކޮށް އެ ދާއިރާއިން ގުޅުންބަދަހި ކުރުމާއި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށަށާއި ދަނޑުވެރިކަން އިތުރަށް ފުޅާ ކުރުމަށ ވެވޭ އެއްބަސްވުން ހިމެނެއެވެ. އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީ އާއެއްކޮށް ގުޅުން ބަދަހިކުރުން ވެސް ހިމެނެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް