ކިޑްނީގެ މައްސަލަތަކަކީ ދުނިޔޭގެ ގިނަ ބަޔަކަަށް ދިމާވެފައިވާ އަދި ދިމާވަމުން އަންނަ މައްސަލަ އެކެވެ. އެގޮތުން ކިޑްނީގެ ނަލިތަކަށް ފަރުވާ ގޯދަމުން އަންނަ މީހުންގެ ނިސްބަތްވެސް މަދެއް ނޫނެވެ. ޚައްޞަކޮށް އަޅުގަނމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ކިޑްނީގެ މައްސަލަތަކާއި ކުރިމަތިލާ މީހުން ނިސްބަތުން ގިނައެވެ.
ގިނަ ބަޔަކު ކިޑްނީގެ އެކިބަލިތައް ތަހައްމަލް ކުރަމުން އަނަންއިރު، މިޑްނީއަށް ދިމާވާ ގިނަ މައްސަލަތާއި ގުޅޭ ގޮތުން އަންނަނީ ގިނަ ބަހުސްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާގޮތުން ކިޑްނީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެން ބުއިން މަދުވުމެވެ. ގިނައިން ފެން ބޯނަމަ ކިޑްއަށް ދިމާވާ މައްސަލަތައް ހައްލުވާނެއެވެ.
ނަމަވެސް ދިރާސާތަކުން ހޯދި ހޯދުންތަކުން އެނގިގެން ދަނީ މި ވާހަތަކަކީ ރަނގަޅު ވާހަތަކެއް ނޫކަމެވެ. ގިނައިން ފެން ބުއިމާއި ކިޑްނީގެ ދުޅަހެޔޮކަމާއި މާ ބޮޑު ގުޅުމެއް ނެތް ކަމަށް ހޯދުންތަކުން ތަކުން އެނގެއެވެ.
އެގޮތުން ކެނެޑާގެ ވެސްޓަން ޔުނިވަސިޓީ އާއި ލޯސަން ހެލްތު ރިސާޗް އިންސްޓިޓިއުޓުން ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ގިނައިން ފެން ބޯން ޖެހޭ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތެވެ. އަދި ގިނައިން ފެން ބުއިމުން ކިޑްނީގެ ބަލިތަކަށް ހައްލެއް ހޯދޭނެ ކަމަށް ދުނިޔޭގައި މިހާތަނަށް ކުރެވުނު އެއްވެސް ދިރާސާއަކުން އެނެގެން ނެތް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ފެނާއި ކިޑްނީގެ ބަލިތަކާ ހުރި ގުޅުމަކީ ކޮބައިތޯ ބެލުމަށް އެކި ހޮސްޕިޓަލްތަކުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން ބޭނުން ކޮށްގެން ދެ އަހަރުގެ ދިރާސާއެއް ވަނީ ހަދާފައެވެ. އެއް ބަޔަކީ ޑޮކްޓަރުންދޭ އިރުޝާދުގެ ދަށުން ގިނައިން ފެން ބޮއެގެން ކިޑްނީ އަށް ކުރަނީ ކޮން ކަހަލަ އަސަރުތަކެއްތޯ ބެލުމެވެ. އަނެއް ބަޔަކީ ހަމަ އާދަކޮށް ފެން ބޯ ވަރަށް ފެން ބޮއެގެން އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލުމެވެ.
ދެ އަހަރު ދުވަހުގެ ޓެސްޓްތަކަށް ފަހު ނަތީޖާ އިން ދެއްކި ގޮތުގައި ފެން ބޮއެގެން ކިޑްނީ އަށް ވަކި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައި ނެތް ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އަދިވެސް މިކަމާ ބެހޭ ގޮތުން އިތުރު ހޯދުންތައް ހޯދުން މުހިއްމު ކަމަށް ދިސާރާ ޓީމުން ވަނީ ބުނެފައެވެ.
ދިރާސާޓީމުގައި ހިމެނޭ ޑޮކްޓަރުންގެ ޓީމުން ބުނާ ގޮތުގައި ފެނާއި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމާ މާ ބޮޑު ގުޅުމެއް ނެތް ނަމަވެސް ގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމަކެވެ. އަދި އެހާމެ މުހިންމުވެސް ކަމެކެވެ. ދިރާސާ ޓީމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ގިނައިން ފެން ބުއިކަމީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ކެމެކެވެ. ނަމަވެސް މި ކަމަކީ ކިޑްނީގެ ބަލިތަކާއި މާ ބޮޑު ގުޅުމެއް ނެތް ކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް