ޖަލުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރި، ބަލިޖެހިފައި ތިބި ގައިދީންގެ އަދަދު 95 އަރައިފިއެވެ.
މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތައް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު މާފުށީ ޖަލުން ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުންނާއި ހަތަރު ގައިދީންނެވެ.
މާފުށީ ޖަލުން އެންމެފަހުން ނެރުނު ކޯވިޑްގެ އަދާހަމަ އަށް ބަލާލާއިރު މިވަގުތު ކޯވިޑް ޖެހިފައި ތިބި 95 ގައިދީންނާއި 12 އޮފިސަަަރަކު އެބަތިއްބެވެ. އަދި މިވަގުތު 180 ގައިދީއަކާއި 3 އޮފިސަރުން ކަރަންޓީނުގައި އެބަތިއްބެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނައުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ވަނީ ކޯވިޑް ފެތުރޭތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައެއް ޤައިދީން ގެއަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް