ޕޯލަށް ތިން ދުވަަސް: ފަތުހީ ހާސް ކަނޑާލައިފި، ރާޝިދު 500 ހިސާބުގައި – ހަންނާނުވެސް 100 ހަމަކޮށްފި
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އަމާޒުކޮށްގެން ދުވަހުން މީގެ ދެދުވަސް ކުރިން ފޭސްބުކްގައި ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ވޯޓަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
ހިޔާލު ހޯދުމުގެ އެ ވޯޓުގައި ބަލާލާފައި ވާނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރާނެކަމަށް ޤަބޫލު ކުރެވެނީ ރާޝިދުތޯ؟ ފަތުހީތޯ؟ ނުވަތަ ހަންނާނުތޯ؟ އެވެ.
ހިޔާލު ހޯދުމުގެ މި ވޯޓަށް މިހާރު 72 ގަޑިއިރުވެފައިވާއިރު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށް 1100 ވޯޓު ލިބިފައިވެއެވެ. އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް 498 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލްހަންނާން އިދުރީހަށް ލިބިފައިވަނީ އެންމެ 119 ވޯޓެވެ. ތިރީގައިވާ ލިންކުން ދެވޭ މަންޒިލުން، ހިޔާލު ހޯދުމުގެ މި ވޯޓުގައި ބައިވެރިވެލެއްވޭނެއެވެ.
ލިންކް
މި ވޯޓަކީ މި ބައި-އިލެކްޝަންގެ ނަތީޖާ ގޮސްދާނެ ގޮތާއިމެދު ރާއްޖޭގެ އާއްމު އާބާދީ ދެކެނީ ކިހިނެއްތޯ ބަލައިލުމަށް ދުވަހުން ކުރިއަށްގެންދާ، ހިޔާލު ހޯދުމުގެ ވޯޓެކެވެ. މި ވޯޓު އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ 23:59 ވަންދެން ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް