ސިޔާސީ މަސްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެެ މަގާމަށް ކުރިއަށް ގެންދާނެ އިންތިހާބުގެ ވާހަކައެވެ.
މި އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ބެލެވިފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ އިސް އެއް މަގާމު ކަމުގައިވާއިރު މި އިންތިހާބުގެ ފޯރިވެސް ނުސީދާ ގޮތެއްގައި ވަރަށް ގަދައަށް ކުރިއަށް އެބަ ދެއެވެ.
އެ މަގާމަށް އެންމެ އެކަށޭނެ ބޭފުޅަކީ އަމްރު ތޯ؟ މަހްލޫފް ތޯ؟ ބެލުމަށް ސޯޝަލް މީޑިއާގައި ހިޔާލު ހޯދުމުގެ ވޯޓެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަސަން ކުރުސީގެ ޓްވިޓާ ހޭންޑަލުން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ އެ ވޯޓުގައި ގާތްގަނޑަކަށް 20 ހާސް މީހުން ބައިވެރިވެފައިވެއެވެ.
ހިޔާލު ހޯދުމުގެ މި ވޯޓު 59.4 އިންސައްތައިން ކާމިޔާބުކުރައްވާފައިވަނީ އަމްރު އެވެ. އެއީ ގާތްގަނޑަކަށް 12 ހާސް ވޯޓާއިއެކުގައެވެ. އެ ވޯޓުގައި މަހްލޫފަށް ލިބިފައިވަނީ 40.06 އިންސައްތަ ވޯޓެވެ. އެއީ ގާތްގަނޑަކަށް އަށް ހާސް ވޯޓެވެ.
https://twitter.com/HKurusee/status/1486669803171434500
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ޒިންމާ ބޮޑު، ޕާޓީގެ ތެރޭގައި ވަރުގަދަ މަގާމެކެވެ. ޕާޓީގެ އެތެރޭގައި ހިންގާ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ހިންގާނީ ސީދާ ޗެއާޕާސަންގެ ބެލުމުގެ ދަށުނެވެ. މީގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހުންޓުމަކީވެސް ޗެއާޕާސަންގެ މަސްއޫލިއްޔަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް