ކޯވިޑް-19: ކޮޅުފުށިން ލ. ގަމަށް ދަތުރުކުރި ތިން މީހަކު ފައްސިވެއްޖެ

މ. ކޮޅުފުށިން ލ. ގަމަށް ދަތުކުރި ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަން "ދުވަސް" އަށް ކަށަވަރުކޮށްދެމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ ފައްސިވި ތިން މީހުންނަކީ ...

29 Jan 2021 | 18:09

މ. ކޮޅުފުށިން ލ. ގަމަށް ދަތުކުރި ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަން "ދުވަސް" އަށް ކަށަވަރުކޮށްދެމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ ފައްސިވި ތިން މީހުންނަކީ މި މަހު 20 ވަނަ ދުވަހު ކޮޅުފުށިން ގަމަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ދަތުރުކުރި ބައެއް ކަމަށެވެ.

މައުލޫމާތު ލިބުނު ގޮތުގައި މި ތިން މީހުން ވެސް ކޯވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ ގަމަށް ދަތުރުކުރުމަށްފަހު، މިމަހުގެ 24 ވަނަ ދުވަހު އަނބުރާ ކޮޅުފުށްޓަށް ދިޔަ ފަހުންނެވެ.

މިއަދު ކޮޅުފުށިން 16 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ކުރިން އެރަށުން ވަނީ ނުވަ މީހަކު ކޯވިޑް-19 އަށް ފައްސިވެފައެވެ.

އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގައެވެ.

އަދި ޖެނުއަރީ ފަހެއްގެ ފަހުން ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީވެސް އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް