އިތުރުން 118 މީހުން ޕޮސިޓިވް، ރިސޯޓުތަކުގަ ކޭސްތައް މަދުވެ މާލޭގައި ގިނަވަނީ

ކޯވިޑް-19 އަށް އިތުރު118 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 87މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 20 މީހުން ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުނ...

29 Jan 2021 | 17:07

ކޯވިޑް-19 އަށް އިތުރު118 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 87މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 20 މީހުން ޕޮސިޓިވްވެފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުން 21 މީހުން ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،902 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،492 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 142 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 36 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެއާ އެކު ޖުމްލަ 14،064 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،614 މީހުންނަށެވެ. އޭގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް