ކާރަކާއި ސައިކަލަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓް ވެއްޖެ

މިއަދު އައްޑޫ ސިޓީގައި ކާރަކާއި ސައިކަލަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ލިންކް ރޯޑް، އަލަ...

29 Jan 2021 | 15:43

މިއަދު އައްޑޫ ސިޓީގައި ކާރަކާއި ސައިކަލަކާއި ބައިސްކަލެއް ޖެހި އެކްސިޑެންޓްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ލިންކް ރޯޑް، އަލަށް އިމާރާތްކުރާ ޕޮލިސް ޓްރޭނިންގ ސްކޫލް ކައިރިން ސައިކަލަކާއި ބައިސްކަލަކާއި ކާރެއްޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު އިރުއޮއްސި 06:37 ހާއިރު ލިބިފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށާއި ބައިސްކަލްގައި އިން މީހާއަށް އަނިޔާވެ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ގަމުން ހިތަދުއަށް ދުއްވާފައިދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހުނު ވަގުތު، ގަމުން ހިތަދުއަށް ދިއްވާފައިދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި އެކަކީ ފުލުހެކެވެ. އެއީ ސައިކަލު ދުއްވަން އިން މީހާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް