ޕީޕީއެމް، ޕީއެންސީ މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފި

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުންކޮށް މުޒާހަރާ ހުއ...

29 Jan 2021 | 12:22

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މުޒާހަރާ ހުއްޓާނުލައިފިނަމަ، ބާރުގެ ބޭނުންކޮށް މުޒާހަރާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުުން ދީފައިވާ އިރު، މުޒާހަރާ ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން މިހާރުދަނީ ހަރަކާތްތެރިވަމުން ނެވެ. އަދި މަޖިދީ މަގުގައި ސުލްހަވެރިކަމާއިއެކު އަޑު އުފުލަމުންދިޔަ މީހުން ހުއްޓުވައި ވަނީ އިންޒާރު ދީފައެވެ.

ބޭނުން ކުރާނީ ހާލަތާއި އެކަށީގެންވާ ބާރެއް ކަމަށް ފުލުހުން ބުނެފައިވާ އިރު، ޕެޕަރ ސްޕްރޭވެސް ބޭނުން ކުރާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

އެއްވި މީހުން މަޖީދީމަގާއި ސޯސަންމަގު ހަތަރު އަގޮޅި ކަންމަތިން ފުލުހުން ހުއްޓުވާފައިވާއިރު، މުޒާހަރާގެ ބައިވެރިން މިވަގުތުތިބީ އެސަރަހައްދުގައި މަޑުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް