އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ސްރީ ލަންކާއަށް ހަދިޔާކުރި ވެކްސިން އެ ގައުމުގައި ޖަހަން ފަށައިފިއެވެ.
އެގޮތުން ކޮލޮމްބޯ ޕޭޖްގައި ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ އޮކްސްފޯޑް ވެކްސިން އެ ގައުމުން މިއަދު ވަނީ ޖަހަން ފަށާފައެވެ.
ލަންކާގައި ވެކްސިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޑޯޒް ނެންގެވީ އެ ގައުމުގެ ޕްރައިމަރީ ހެލްތު ސާވިސަސްގެ ސްޓޭޓް މިނިސްޓަރު ޑރ. ސުދާޝިނީއެވެ. އަދި އެއަށްފަހު އެ ގައުމުގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު ގޯޕާލް ބަގްލޭއެވެ. އާންމު ރައްޔިތުންނަށްވެސް މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ.
ލަންކާގައި ވެކްސިން ޖަހަން ފަށާފައިވާއިރު، ކޮވިޝީލްޑް ވެކްސިން އިންޑިއާއިން ރާއްޖެއަށްވެސް ވަނީ ހަދިޔާކޮށްފައެވެ. ރާއްޖެއަށް ހަދިޔާކުރީ އެއް ލައްކަ ޑޯޒްއެވެ. މި ވެކްސިނަށް އިއްޔެ ރާއްޖެއިންވެސް ވަނީ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް