ފެން ބުއިމުގައި ސުންނަތް ގޮތްތަކެއް ލައްވާފައި އަހަރެމެން ގެ މާތް އިސްލާމް ދީނުގައި ވަނީ ކަނޑައެޅިގެން މާތް މަޤުޞަދު ތަކެއްގައި ކަން ޔަޤީނެވެ. އެހެން ކަމުން ފެން ބުއިމުގައި ސުންނަތް ގޮތް ތަކަށް ބަލައިލަމާ ހިނގާށެވެ.
ބިސްމި ކިޔުން
ކޮންމެ ކަމެއް ކުރުމުގެ ކުރިން ބިސްމި ކިޔުމުން އެކަމުގައި ބަރަކާތް އިރުވާކަން އަހަރެމެންނަށް އެނގެއެވެ. ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ އެއްވެސް އެއްޗެއް ފަރިއްކުޅުއްވާނަމަ ނުވަތަ ހިއްޕަވާނަމަ ބިސްމި ކިޔުއްވާ ކަމުގައިއ އައިސްފައިވެއެވެ.
ކަނާއަތުން ތަށީގައި ހިފުން
ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުންމަތަށް ވައަތުން ކެއުމާއި ބުއިން ނަހީ ކުރެއްވިއެވެ. އެއީ ޝައިތާނާ ކަނީ އޭނާގެ ވައަތުން ކަމުގައި އައިސްފައިވެއެވެ.
އިށީންދެ އިނދެގެން ފެންބުއިން
ސައިންސްވެރިންގެ ހޯދުންތަކުންވެސް މިއީ ފައިދާހުރި ކަމެއްކަން ވަނީ ދައްކާފައެވެ. އެގޮތުން އިށީންދެ އިނދެގެން ފެންބުއިމަކީ ހަކުރުބަލިން ސަލާމަތްވާ ކަމެއްކަމުގައި ވަރަށްފަހުން ހެދި ރިސާޗަކުން ދައްކައެވެ. އެހެން ނަމަވެސް މިއީ އިސްލާމް ދީނުގައި މާކުރިންވެސް ފައިދާ ތަކެއް މިކަމުގައި ހިމެނުމުގެ ސަބަބުން މިކަމަށް ބާރު އަޅުއްވާފައިވާ ކަމެކެވެ.
3 ނޭވާއިން ފެން ބުއިން
އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަالله ޢަލައިހި ވަސައްލަމް އެއް ނޭވާއިން ފެން ބުއިން ވަނީ ނަހީ ކުރައްވާފައެވެ. އަދި 3 ނޭވާއިން ފެން ބުއިމަށް ބާރު އަޅުއްވައެވެ.
ތައްޓަށް ނޭވާ ނުލުން
މިއީ ސައިންސްވެރިންގެ ހޯދުންތަކުންވެސް ހާމަވާ ކަމެކެވެ. އެގޮތުން ކާ ތައްޓަށް ނުވަތަ ބޯ ތައްޓަށް ނޭވާލާނަމަ އަނގާގައި ހުންނަ ބެކްޓީރިއާތަށް އެ ކާ އެއްޗަކަށް ނުވަތަ ބޯ އެއްޗަކަށް ދެއެވެ. އެހެން ނަމަވެސް މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި މާ ކުރިންވެސް މިކަމުގެ ވާހަކަ އައިސްފައިވާ ކަމެކެވެ.
ބޮއެ ނިމުނުން ޙަމްދު ކުރުން
ފެން ބޮއެ ނިމުމުން އެ ފެން ދެއްވި ފަރާތަށް ޙަމްދުކުރުން ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް