ތާޖް ކޮރަލް ރީފް ރިސޯޓު އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައިވަނީ މިރޭ 10:45 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން ގަނޑުވަނީ މުވައްޒަފުންގެ މަސައްކަތުން 11:58 ހާއިރު ނިއްވާލާފައި އެވެ.
މި ހާދިސާގައި މީހުންނާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނޭނގެ އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް