އިމިގްރޭޝަންގެ މުވައްޒަފުންނަށް ޞިއްޙީ ފުރަތަމަ އެހީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް އެމްއެންޑީއެފުން ފަށައިފި

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފުންނަށް ޞިއްޙީ ފުރަތަމަ އެހީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ފަށައިފިއެވެ. ސެނަހިޔަ އޮޑިޓޯރިއަމްގައި މިއަ...

29 Jan 2017 | 13:11

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފުންނަށް ޞިއްޙީ ފުރަތަމަ އެހީއާ ބެހޭ ތަމްރީނު ޕްރޮގްރާމެއް އެމްއެންޑީއެފް މެޑިކަލް ސަރވިސްއިން ފަށައިފިއެވެ.

ސެނަހިޔަ އޮޑިޓޯރިއަމްގައި މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމްގައި އެ މުއައްސަސާގެ 19 މުވައްޒަފެއް ބައިވެރިވެފައިވާކަމަށާއި މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސީޕީއާރު (ކާޑިއޯޕަލްމޮނަރީ ރެސަސިނޭޝަން) އާއި، އޭއީޑީ (އޮޓޮމޭޓެޑް އެކްސްޓާނަލް ޑީބްރިލޭޓަރ) ދޭނެ ގޮތުގެ އިތުރުން ޞިއްޙީ ފުރަތަމަ އެހީއާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ، ޢަމަލީ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމްގައި، ލޭމަނާކުރާނެ ގޮތުގެ ހުނަރުތަކާއި، ހަށިގަނޑުގެ ތަންތަން ފިހުމުން ޢަމަލުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. އަދި، ބެންޑޭޖުކުރުންފަދަ އަސާސީ ބައެއް ހުނަރުތައްވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސްގެ މުދައްރިބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް