ދިރާގު ނެޓްވަރކް ޚިޔާރު ކުރެއްވުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ!

ދިރާގު ނެޓްވަރކް ޚިޔާރު ކުރެއްވުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަން ދިރާގުން ހާމަކޮށްފި އެވެ. ދިރާގުން ބުނެފައިވަނީ ދިރާގު ޚި...

29 Jan 2017 | 10:32

ދިރާގު ނެޓްވަރކް ޚިޔާރު ކުރެއްވުމުން 6 މަސް ދުވަހުގެ ހިލޭ ޑޭޓާ މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަން ދިރާގުން ހާމަކޮށްފި އެވެ.

ދިރާގުން ބުނެފައިވަނީ ދިރާގު ޚިޔާރު ކުރެއްވުމަށް، މިހާރު ގެންގުޅުއްވާ ނަންބަރު ބަދަލު ކުރެއްވުމަކާ ނުލައި ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޚިދުމަތެއް ނެންގެވޭނެ ކަމަށާއި މި ޚާއްސަ ޕްރޮމޯޝަނުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް ނަންގަވައިގެން 6 މަސް ދުވަސް ވަންދެން 2 ޖީބީ ގެ ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި 3 މަސް ދުވަސް ވަންދެން މަހު ފީ އިން %25 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ނަންގަވާ ކަސްޓަމަރުންނަށް 6  މަސް ދުވަސް ވަންދެން ކޮންމެ މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށާއި މި ޕްރޮމޯޝަނުގައި އަލަށް ދިރާގުގެ މޯބައިލް ކަނެކްޝަނެއް ނަންގަވާ ކަސްޓަމަރުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމުގައިވެސް ދިރާގުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް