ކަނބާ އައިސާރަނި ހިނގުމުގެ އެއްބައި ދެކޮޅަށް ދުއްވޭގޮތަށް ހަދަނީ

ކަނބާ އައިސާރަނި ހިނގުމުގެ އެއްބައި ދެކޮޅަށް ދުުއްވޭ ގޮތަށް ހަމަޖައްސަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. ޓްރާންސްޕޯޓު އޮތ...

29 Jan 2017 | 09:34

ކަނބާ އައިސާރަނި ހިނގުމުގެ އެއްބައި ދެކޮޅަށް ދުުއްވޭ ގޮތަށް ހަމަޖައްސަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސަނީ ކަނބާ އައިސާރަނި ހިނގުމުގެ އަމީނީ މަގާއި ގުޅޭ ހިސާބުން ފެށިގެން ދެކުނަށް އޮތް ބައި ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ އެގޮތަށް ނިންމީ ޓްރެފިކް ކުޑަކުރުމަށް ކަމަށެވެ. އަދ މިގޮތަށް ނިންމީ ހައުސިންގ މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓު އޮތޯރިޓީ ގުޅިގެން އުފައްދާފައިވާ ރޯޑް ޓްރެފިކް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެ މަގުގައި ހުރި ވެކަލްތައް ނަގައި މަގު ހުސްކުރާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މައުލޫމާތު ދެ އެވެ.

މާލޭގެ މަގުތަކުގައި ބާރު ބޮޑުވާތީ އެ އޮތޯރިޓިން ބައެއް ފަހަރު މިފަދަ ބަދަލުތައް ގެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް