ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުޤީޤު ކުރަންފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ...

29 Jan 2017 | 08:55

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުޤީޤު ކުރަންފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސެނަހިޔާ ކައިރިން ޕިކަޕެއްގައި ދަނިކޮށް ކަމަށެވެ.

"އޭނާ ފުލުހުންގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ޕިކަޕު ބަލައިފާސްކުރިއިރު އެޕިކަޕުގައި ހުރި ފޮއްޓެއްގެ ތެރެއިން 11 ފުޅި ބަނގުރާ ފެނިފައިވާއިރު އެޕިކަޕު ތެރޭގައި ހުރި ފުޅިމަދު ފޮއްޓެއްގެ ތެރެއިން 12 ފުޅި ބަނގުރާ ފެނިފައިވޭ" ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް  10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް