އެސްޓީއޯގެ ދަށުން ހިންގާ އެންމެ ރަނގަޅު ސަބްސިޑަރީސް ކުންފުންޏަކަށް މޯލްޑިވް ގޭސް ގޮވިއްޖެ އެވެ.
މޯލްޑިވް ގޭސްއަށް މި އެވޯޑު ދީފައިވަނީ އެސްޓީއޯގެ 52 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ހަފްލާގައި އެވެ. އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ހޮވިގެން އެ ކުންފުންޏަށް ލިބިފަިއވަނީ އެސްޓީއޯގެ ބެސްޓް ގަވާނަންސް އެކްސެލެންސީ އެވޯޑެވެ.
މޯލްޑިވް ގޭސް އާއި މިއެވޯޑް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހުސެއިން ސާލިމްއެވެ. މޯލްޑިވް ގޭސްގެ ފަރާތުން އެވޯޑާއި ހަވާލުވެ ވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫނެވެ.
މި އެވޯޑު ދިނުމުގައި ބަލާފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާ މިންވަރަށާއި ކޯޕަރޭޓް ގަވާނަންސް އާއި އެއްގޮތަށް ހިންގަން މަސައްކަތް ކުރާ ކުންފުނިތަކަަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް