ފަތިސް ނަމާދަށް ގޮވުމުން މިސްރު މީހަކު އޭނާގެ މަންމަ މަރާލައިފި

ފަތިސް ނަމާދަށް ދާން ފަތިހު ގޮވުމުން އެކަމާ އައި ރުޅީގައި ހިނގި ޒުވާބަކަށް މިސްރުގެ މީހަކު އޭނާގެ މަންމަ މަރާލައިފި އެވެ. ނިމިދިޔަ ހަފްތާގައި ހިނގި މި ހާދިސާގެ ތަހުގީގު މިސްރުގެ ފުލުހުން ފަށާފައިވާއިރ...

29 Jan 2017 | 03:02

ފަތިސް ނަމާދަށް ދާން ފަތިހު ގޮވުމުން އެކަމާ އައި ރުޅީގައި ހިނގި ޒުވާބަކަށް މިސްރުގެ މީހަކު އޭނާގެ މަންމަ މަރާލައިފި އެވެ.

ނިމިދިޔަ ހަފްތާގައި ހިނގި މި ހާދިސާގެ ތަހުގީގު މިސްރުގެ ފުލުހުން ފަށާފައިވާއިރު މަރާލަފައިވާ އަންހެންމީހާގެ ދެ އަންހެން ދަރީން ބުނެފައިވަނީ އެމީހުންގެ މަންމަގެ ގާތިލަކީ އެއްބަނޑު އެއްބަފާ ބޭބެ ކަމަށެވެ.

އުމުރުން 32 އަހަރުގެ މުހައްމަދު ޝަރަފް އަލް ދީން އަބްދުލް އިމާމް ނަމަކަށްކިޔާ މިމީހާ އޭނާގެ މަންމަ މަރާލާފައިވަނީ ފަތިސް ނަމާދަށް ދިއުމަށް އޭނާގެ މަންމަ ގޮވުމުން އެކަމާ އައި ރުޅީގައި ޒުވާބު ކުރުމަށްފަހު ފަތިން ނަމާދަށް ގޮސް އެނބުރި އައިސް ކަމަށެވެ.

އެ ދެ އަންހެން ކުދިން ބުނެފައިވާގޮތުގައި އެމީހުންގެ ބޭބެ އެމީހުންގެ މަންމަ މަރާލީ މަންމަގެ ބުރުގާ ކަރުގައި ބާރަށް އައްސާ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި އެތައް ފަހަރަކު އަތުން މަންމައަށް ހަމަލާ ދިން ކަމަށްވެސް އެ ކުދިން ބުނެފައި ވެ އެވެ. އުމުރުން 50 އަހަރުގެ މަންމަ މަރާލުމަށްފަހު އޭނާ ގެއިން ނިކުމެގެން ދުވެ ފިލީ ކަމުގައިވެސް އެ އަންހެންކުދީން ބުނެފައި ވެ އެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މަންމަ މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހާ މީގެ ހަފްތާއެއްގެ ކުރިން ކާރު އެކްސިޑެންޓެއް ވި އެވެ. އަދި އެއަށްފަހު އޭނާގެ ސިކުނޑީގެ ހާލަތު މުޅީން ރަނގަޅު ނޫން ކަމަށާއި އެ ހާދިސާއަށްފަހު ކުދި ކުދި ކަންކަމުގައި އޭނާގެ މަންމައާއި ދެ އަންހެން ކޮއްކޮއާއި ޒުވާބުކުރާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

މި ހާދިސާއާއި ގުޅިގެން އެމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް