މިސްރުގެ ވެރިރަށް ގާހިރާއިން އެމެރިކާގެ ނިއުޔޯކަށް ދަތުރު ކުރަން އޮތް ފްލައިޓަކުން ފަސް މުސްލިމަކު ބާލުވައިފި އެވެ. އެ ފަސް މީހުން ބާލުވާފައިވަނީ މުސްލިމް ހަތް ގައުމަކުން މީހުން އެމެރިކާއަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުމުގެ ގޮތުންނެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ނިންމަވާފައިވަނީ ހަތަރު މަސް ވަން ދެން ސީރިޔާ ހިމެނޭގޮތަށް މުސްލިމް މެޖޯރިޓީ އޮންނަ ހަތް ގައުމަކުން މީހުން އެމެރިކާއަށް ދިއުން މަނާކުރުމަށެވެ. އެގޮތުން އިއްޔެ ފްލައިޓުން ބޭލުވި މީހުންގެ ތެރޭގައި ހިމެނެނީ އިރާގުގެ ފަސް ޕަސިންޖަރުންނާއި ޔަމަނުގެ ޕަސިންޖަރެކެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަރުގެ ބޮޑު ނިންމުމެއް ނިންމާފައިވާއިރު އޭނާ ބުނެފައިވަނީ އެ ނިންމުމަކީ ޓެރަރިސްޓުންގެ ކިބައިން އެމެރިކާ ސަލާމަތް ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް