ގާސިމް އެއުޅުއްވަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑު ކަމުން: އަބްދުއްރަހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އުޅުއްވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރައްވަން ނޫން ކަމަށާއި އެ އުޅުއްވަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑު ކަމުން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދ...

29 Jan 2015 | 17:05

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އުޅުއްވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރައްވަން ނޫން ކަމަށާއި އެ އުޅުއްވަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑު ކަމުން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ އެޕާޓީގެ ޖަލްސާގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ކަމަށްބުނެ ގާސިމް އުުޅުއްވަނީ ވެރިކަމާ ހެދި ދަން ޖެހިގެން ކަމަށާއި އަމާންކަން ނަގާލާ ގައުމުގެ ހިމޭންކަން ނަގާލަން ކަމަށެވެ. އަދި ކުރިން ރައީސް ނަޝީދަށް އަމާޒުކޮށް ގާސިމް ދައްކަވާފައި ހުރި ބައެއް ވާހަކަތަކަށްވެސް އަބްދުއްރަހީމް އަލި އަޅުވާލެއްވި އެވެ.

"ރައީސް ނަޝީދު އިސްތިއުފާ ދިނީމަ ވިދާޅުވީ، އަލްހަމްދުލިﷲއޭ ގައުމު ސަލާމަތް ކުރައްވައިފިއޭ، ދީން ސަލާމަތް ވީއޭ، މިފަހުން ވިދާޅުވީ ނަޝީދަށް ވެރިކަން ލިބިއްޖެ ނަމަ ގައުމު ހަލާކުވާނޭ، ޔާމީނަށް ވޯޓު ދެއްވާށޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގާސިމް އިބްރާހިމަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދި މިހާރު ކުރައްވަމުން ގެންދަވާ ކަންކަން ހުއްޓާލެއްވުމަށާއި އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް