ނާޒިމް އެމްޑީޕީއަށް ތާއީދު ކުރައްވާކަން ދޭހަވާފަދަ އިސާރާތްތަކެއް

ތުހުމަތު ތަކަކާއެކު މަގާމުން ދުރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެމްޑީޕީއަށް ނުވަތަ އެ ފިކުރަށް ތާއީދު ކުރާފަދަ އިސާރާތްތަކެއް ކުރައްވަން ފައްޓަވައިފި އެވެ. ޓް...

29 Jan 2015 | 16:39

ތުހުމަތު ތަކަކާއެކު މަގާމުން ދުރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެމްޑީޕީއަށް ނުވަތަ އެ ފިކުރަށް ތާއީދު ކުރާފަދަ އިސާރާތްތަކެއް ކުރައްވަން ފައްޓަވައިފި އެވެ.

ޓްވިޓާގައި ދާދި ފަހަކާ ޖެހެންދެން އެކްޓިވް ކޮށް އުޅުމަށްފަހު މަގާމުން ދުރުކުރި ފަހުން ޓްވިޓާ ޖެއްސެވުން ހުއްޓާލައިގެން ހުންނެވި ނާޒިމް މިއަދު ވަނީ ޓްވިޓާގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާން ފަށާފަ އެވެ.

ޓްވިޓާގައި މިއަދު މިހާތަނަށް ތިން ޓްވީޓެއް ރިޓްވީޓް ކުރައްވާފައިވާއިރު އެ ތިން ޓްވީޓަކީވެސް ރައީސް ނަޝީދާ ގުޅޭ ތިން ޓްވީޓެވެ. އެގޮތުން ރައީސް ނަޝީދު މިރޭ ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކޮށް އިސްތިހާރު ކޮށްފައިވާ ދެ ޓްވީޓް ހިމެނެއެވެ.

އަދި ނާޒިމް އާއި ދޭތެރޭ ސަރުކާރުން ކަންތައްތައް ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވިވާހަކަ ކުރީގެ ޑެޕިއުޓީ އެކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޝިހާމް ވަހީދު ޓްވީޓް ކުރުމުން އެ ޓްވީޓްވެސް ނާޒިމް ވަނީ އެ ޓްވީޓް ރީ ޓްވީޓް ކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުން ނާޒިމް ވަކި ކުރެއްވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ކަމަށް ބުނެ ފުލުހުން ވަނީ މިއަދު އެ ހަތިޔާރުތައް ދައްކާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް