އިބްތިހާލްގެ ޖަނާޒާ ބާއްވައިފި

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ވ.ރަކީދޫން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައި ބާއްވައިފި އެވެ. އިބްތިހާލްގެ ޖަނާޒާގައި ގިނަ އ...

29 Jan 2015 | 12:28

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ވ.ރަކީދޫން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައި ބާއްވައިފި އެވެ.

އިބްތިހާލްގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު މިއަދު މެންދުރު ފަހު ވަނީ އިބްތިހާލް މޫނުދެއްކުންވެސް ކުރިއަށް ގެންގޮސްފަ އެވެ.

އިބްތިހާލް ގެ ހަށިގަނޑު މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރަންޖެހޭތީ އިއްޔެ ހަވީރު އެވެ. އިބްތިހާލްގެ މަރުގެ މައްސަލައިގާ ފުލުހުން އިބްތިހާލްގެ މަންމަ ހައްޔަރު ކޮށްފައިވާކަމަށެވެ. ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އިބްތިހާލަށް އަނިޔާ ކުރި މައްސަލަ ބެލުމަށް ފަހު، އެކުއްޖާ އޭރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާ މިނިސްޓްރީ އިން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ އިއްޔެ 11:45 އެހާކަންހާއިރު އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމު ތެރެއިންނެވެ. އެރަށު ކައުންސިލުން ބުނީ އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް