ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ދައްކާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ފުލުހުން ދައްކާލައިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވި...

29 Jan 2015 | 11:59

ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ހަތިޔާރު ފުލުހުން ދައްކާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ފެނިފައިވަނީ ނުވަ އެމްއެމްގެ ފިސްތޯލަ އަކާއި މެގަޒިނަކާއި އެ ހަތިޔާރާ ގުޅޭ ތިން ވަޒަންގެ އިތުރުން އައިއީޑީއެއް ކަމަށެވެ

ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި އެމްއެންޑީއެފްގެ އެއްވެސް ހަތިޔާރެއް މަދުވެފައިވޭތޯ ބަލައި ދިނުމަށް އެދުނު ކަމަށާއި އަދި އެއްވެސް ހަތިޔާރެއް މަދުވެފައިނުވާ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށެވެ.

ނާޒިމް ހައްޔަރުނުކުރީ ކީއްވެގެންތޯ ނޫސްވެރިން ސުވާލުކުރުމުން ސީޕީ ހުސައިން ވިދާޅުވީ ހައްޔަރު ކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި ނާޒިމް ހައްޔަރު ނުކުރީ އެ މައްސަލަ ތަހުގީގު ކުރާ ޓީމަށް އަދި ހައްޔަރުކުރަން ނުފެންނާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް